ފުލުހުންގެ 51 ވަނަ ޕަބްލިކް އޯޑަރ ޓްރޭނިން ކޯސް ނިންމާލައިފިއެވެ.

ކޯސް ނިންމާލުމުގެ ގޮތުން ރޭ ދ. ވާނީ ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރު އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަބްދުއްރަޙްމާނެވެ.

މިދިޔަ މަހުގެ 18 އިިން މި މަހުގެ 15 އަށް ވާނީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ ކޯހުން އެއްވަނަ ހާސިލުކޮށްފައި ވަނީ ކޮންސްޓަބަލް އަބްދުލް ހަސީބެވެ.

ކޯހުގައި ބައިވެރިވި 69 ފުލުހުން ވެސް ވަނީ ކޯހުގެ މިންގަނޑަށް ފާސްވެފައެވެ.