ފަހަން ދަސްކުރަން ކެތްމަދުވެފައި ތިބި މީހުންނަށް އަނެއްކާވެސް މިއޮތީ ވަރަށް އުފާވެރި ޚަބަރެކެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހާ ކޯސް ހިންގާ ”އީރާ ކަލެކްޝަން“އިން މި ފެށޭ ނޮވެމްބަރުގައި، ފަހާ ކޯސް ހިންގަން ތައްޔާރުވެފައިވާއިރު، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި ކޯހުގެ ބައިވެރީންނަށް، ވަރަށް ރަނގަޅު އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް އެބައޮތެވެ. އީރާއިން ބުނީ މިފަހަރުގެ ކޯހުގައި 24 ކުދިން ބައިވެރިވެއްޖެނަމަ، ވަނަ ހޮވައި ވަރަށް ރަނގަޅު އިނާމްތަކެއް ދޫކޮށްލާނެ ކަމަށެވެ.
އެގޮތުން އެއްވަަނައަށްދާ ފަރާތަށް ފަހާ ފޮއްޓެއް ލިބޭއިރު، ދެވަނަ ދާ ފަރާތަކަށް، ކާރު ލައިސެންސް އަދި ދުއްވަން ދަސްކުރުމުގެ ފުރުސަތު، ހެލްޕް ޑްރައިވިން ސްކޫލްގެ ފަރާތުން ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އީރާއިން މައުލޫމާތުދޭ ގޮތުގައި، މި ކޯހުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރު ފުރިފައިވާ، އަދި 45 އަހަރުން ދަށުގެ އަންހެނުންނަށް ކަމަށެވެ.
އީރާ ކަލެކްޝަނުގެ ފަހާ ކޯސްތައް ހިންގައިދެނީ ފެހުމުގެ ދާއިރާގައި 27 އަހަރުގެ ތަޖުރިބާ ލިބިފައި ހުރި ހުނަރުވެރިއެކެވެ. އީރާ ކަލެކްޝަނުގެ ވެރިޔާ، ފާތިމަރު އީރާ ޝަކީލު، އެތައް ބަޔަކަށް ފަހަން ދަަސްކޮށްދެމުން އަންނަތާ 11 އަހަރު ވަނީ ވެފައެވެ.
އީރާ ކަލެކްޝަނުގެ ކްލާސްތައް އޮންނަ ގަޑިތައް:
ހެނދުނު 10:00އިން 12:00 އަށް
މެންދުރު 12:30އިން 2:30 އަށް
ރޭގަނޑު 7:00އިން 9:00 އަށް
ރޭގަނޑު 9:00އިން 11:00 އަށް
އަމިއްލައަށް ކައްކައިގެން ކެއުމަކީ ލިބޭ ހިތްހަމަޖެހުމަކަށް ވާފަދައިން، އަމިއްލައަށް ހެދުމެއް ފަހައިގެން ލުމަކީވެސް ވަރަށް ”ސަޅި“ ކަމެކެވެ.
ފެހުމަކީ އެކަމަށް ވަގުތު ދީގެން ކުރާނަމަ، ވަރަށް ރަނގަޅު އާމްދަނީއެއްވެސް ލިބޭ މަސައްކަތެއް ކަމަށް މި މަސައްކަތް ކޮށްއުޅޭ މީހުން ބުނެއެވެ.
މިކަން ކާމިޔާބުކަމާއެކުގައި ކުރެވެން އޮތީ، ހުނަރުވެރި ފެހުންތެރިޔަކަށްވެސް ވެގެންނެވެ. ކިރިޔާ ފަހަން އެނގުނަސް، އަލަށް ދަސްކުރެވިދާނެ ކިތަންމެ ކަމެއް ހުންނާނެކަން ޔަގީނެވެ. މިކަން ކޮށްދެވޭނީ ތަޖުރިބާކާރު ފެހުންތެރިޔަކަށެވެ.
އެހެންކަމުން، ފެހުމުގެ ތަޖުރިބާ ހޯދުމަށް އީރާ ކަލެކްޝަނުގެ ކޯހުގައި ބައިވެރިވުމަށް 7751177އަށް ގުޅައި އިތުރު މައުލޫމާތު އަވަހަށް ހޯދާށެވެ.