ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލްސައުދުގެ އެހީގައި ކޮންމެ ދުވަހަކު ރޯދަ ވީއްލުން ހަދިޔާކުރުމުގެ މަޝްރޫއުއެއް ރާއްޖޭގައި ފަށައިފިއެވެ.
އެ މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ހަވީރު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އެ މަޝްރޫއުގެ ދަށުން ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސައުދުގެ އެހީގައި ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަ ވީއްލުން ހަދިޔާކުރާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މި ޙަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މުހިންމު ކަންކަން ދެ ގައުމުގެ މެދުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމަކީ ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑަންސްގެ ބެލުމުގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.


ތިޔަ މަޝްރޫއު ފަލަސްތީނުގައި ހިންގާނަމަ ކިހާ ރަނގަޅު