އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޑްރާމާގައި ނުޖެހުމަށް ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ގޮވާލައްވައިފިއެވެ.

Ads by Asuru

ދެ ރަައީސުންނަށް ފާޑުވިދާޅުވެ، ޝުޖާއު ކުރެއްވި ޓްވީޓުގައި ވަނީ، ދެ ބޭފުޅުން އެއްބަސް ކިޔުއްވާފައި، މި ގައުމުވެސް ވިއްކާލައިފި ކަމަށެވެ.

”މި ދެމީހުންނަކީ އެކައްޗެއް. ދެމީހުން އެއްބަސް ކިޔައިގެން މިއޮތީ ގައުމު ވިއްކާލާފަ. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ، މި ދެ މީހުންވެސް ބަލިކުރުން.“ އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސް މިހެން ވިދާޅުވިއިރު، ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ހިޔާލުތަފާތުވުން ގިނަވެ، މައްސަލަތައް ޖެހިފައިވާ ކަމަށް ފެނެއެެވެ. އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަަކަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ އެކަން އިތުރަށް ސާފުކޮށްދެއްވައި، މިފަހަރު ރައީސް ސޯލިހަށް ތާއީދު ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށާއި ތާއީދު ކުރައްވާނީ ރައީސް ސޯލިހަށް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވުމާ ގުޅިގެންނެވެ.