މާލޭގައި މާފަންނުގައި ހުރި ގެއެއްގައި،  ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަޔަކު މަރުވެއްޖެއެވެ.

Ads by Asuru

ފުލުހުން ދާދި ދެންމެއަކު ބުނީ، މި ހާދިސާގައި ނުވަ މީހަކު މަރުވެފައިވާ ކަމަށެވެ.

ރޭ އަލިފާން ރޯވެފައިވަނީ މާލޭގެ އިސްކަންދަރު މަގާ ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ.ނިރުފެހި ކިޔާ ގެއެއްގައެވެ.

އަލިފާނުގެ ހާދިސާ ހިނގި ގެއިން، އަށް ބޮޑީބޭގު ނެރުނުއިރު،  ރޭ ދަންވަރު ދެ މީހަކު ހޮސްޕިޓަލަށްވެސް ގެންދިޔައެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަށް މީހަކު މަރުވެފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅޭގޮތުން ރޭ ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ، ރޭ 12:27 ހާއިރު ކަމަށެވެ. ރޯވި އަލިފާންގަނު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ފަތިހު 4:30 ހާއިރުއެވެ.