ޕިއްޒާ ކިޗަންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސައިކަލެއް މުޅިން ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Asuru

ތިން އެކުވެރިއަކު ޓެގުކުރުމަށްފަހު ޕޯސްޓް ޕަބްލިކަށް ފެންނަށް ގޮތަށް ޝެއަރކޮށް، ޕއްޒާ ކިޗަންގެ ފޭސްބުކް ޕޭޖަށް ލައިކޮށްގެން ކޮންމެ މީހަކަށްވެސް މި ފުރުސަތުގައި ބައިވެރިވެވިދާނެއެވެ. ޕިއްޒާ ކިޗަންއިން ބުނީ މި ފުރުސަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފަވާ ކަމަށާއި، ނަސީބުވެރިޔާ ހޮވުން އޮންނާނީ ”ލައިވް“ ކޮށް ކަމަށެވެ.

ދިވެހިންނަށް ހުޅުވާލި މި ފުރުސަތުގައި، އެއް ފަހަރަށްވުރެ ގިނައިން ކޮމެންޓް ކުރެވޭ ގޮތްވެސް ވަނީ ހަދާފައެވެ. ނަމަވެސް ތިން އެކުވެރިއަކު ޓެގު ކުރެވިފައިވާން ވާނެ ކަމަށް ޕިއްޒާ ކިޗަންއިން ބުނެއެވެ.

ޕިއްޒާ ކިޗަންއަށް ދެ އަހަރު ފުރިފަވާއިރު އެ ރެސްޓޯރަންޓުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ”ޕްލެޓިނަމް ޑިސްކައުންޓް“ އެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

ޕިއްޒާ ކިޗަންގެ ޕްލެޓިނަމް ޑިސްކައުންޓްގެ އާއި ބެހޭގޮތުން އެހަފްލާގައި ފާހަގަކުރި ގޮތުގައި, މިފަދަ ޑިސްކައުންޓެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައާރަފްކުރުމުގެ ބޭނުމަކީ ގޭތެރެއިން އެފަރާތައް ނިކުމެ, މުޖުތަމައުތެރެއަށް ނިކުމެ ހަރަކާތްތެރި ބައެއްގެ ގޮތުގައި އުޅުމަށް ހިއްވަރުދިނުން ކަމުގައި ފާހަގަކޮށްފައިވެއެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން ހުޅުލެއަށްވެސް ޕިއްޒާ ކިޗަންއިން ޑެލިވާރ ކުރަމުން އަންނަ އިރު، ރިސޯޓްތަކުގެ އޯޑަތަކަށް ލޯންޗައް ވެސް ޑެލިވަރީ ކުރުމުގެ ހިދުމަތް މިހާރުވެސް ޕިއްޒާ ކިޗަންއިން ދެމުންދެއެވެ.

މީގެ އިތުރުން، ޕިއްޒާ ކިޗަންއިން ޑައިން އިން ކުރައްވާ ފަރާތްތަކަށް އެކި ރަހަތަކުގެ މީރު ބުއިންތަށްވެސް ލިބެންހުންނާނެކަން ޕިއްޒާ ކިޗަން އިން މައުލޫމާތު ދެއެވެ.

އޯޑަރ ކުރައްވަން ބޭނުން ފަރާތްތަކުން ޕިއްޒާ ކިޗަންގެ ނަންބަރު 3356565 ނަންބަރަށް ގުޅައިގެންވެސް ނުވަތަ 7876565 އަށް ވައިބަރ ކޮށްލައިގެންވެސް އޯޑަރކޮށް މައުލޫމާތު ސާފު ކުރެވޭނެއެވެ.

ޕިއްޒާ ކިޗަން ހުންނާނީ ހުޅުމާލޭގެ ހިތިގަސް މަގުގެ ހަ ވަނަ ގޯޅީގައެވެ.