ދިވެހިރާއްޖޭގައި ހަށި ވިއްކުން ފަދަ ކަންކަން އާންމުވީއިރުވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަންކަމަަށް ސަމާލުކަން ނުދީ، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނުގެ ޤާނޫނީ ޓީމުން ހާމަކުރައްވައިއެވެ.

Ads by Asuru

ޑރ.މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައިވަނީ މިހާރު ހިނގަމުން އަންނަ ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ ދިފާއުން ދޮގު ހެކި ދިންކަމަށް ކަނޑައަޅައި، ފުލުހުންނަށް އަމުރު ކޮށްފިނަމަ، އެކަން ބަލާނެ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.

ޖަމީލު ވިދާޅުވީ ގައުމުގައި އަމާންކަން ގެއްލި މީހުން މެރުން ޢާންމުވެ، ހަށިވިއްކުންފަދަ ދީނާ ޚިލާފު އެތައްކަމެއް ފެތުރި ރައްޔިތުން ނޭވާ ނުލެވިގން އުޅޭއިރު އެކަންތަކަށް ފުލުހުން ސަމާލުކަން ނުދޭ ކަމަށެވެ.

”އެކަން ނުކޮށް މިފެންނަނީ ހިނގަމުންދާ ޝަރީޢަތަކާށް ނުފޫޒު ފޯރުވަން އުޅޭތަން. ދެރަވަރު.“ ޖަމީލު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ރިޝްވަތުގެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާތަކުން ދިފާއުވުމަށް ރައީސް ޔާމީން ވަނީ ދިފާއީ ހެކީންގެ ގޮތުގައި އެމަނިކުފާނާ ގާތް ބައެއް ފަރާތްތައް ހުށަހަޅުއްވައިފައެވެ.

އެއީ ދޮގު ހެކި ކަމަށް ދައްކަން ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ލިޔުންތަކެއް ހުށަހަޅައިފައެވެ. ދައުލަތާއި ދިފާއުގެ ހެކިވެރީންގެ ހެކިބަސް ނަގައި ނިމިފައި ވަނިކޮށް ހުށަހެޅި އެ ލިޔުންތައް ބަލައިގަތުމަށް ޝަރީއަތުން ވަނީ ނިންމައިފައެވެ.