ސްރީލަންކާ އަދި އެފްރިކާގެ ގައުމެއް ކަމުގައިވާ ގާނާ ފަދަ ގައުމުތަކަށް އެހީތެރިވެވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާއިރު، ރާއްޖެއަށްވެސް އެހީ ހޯއްދަވައި ދެއްވުމަށް ނަޝީދުގެ އަރިހުން، މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) އެދިވަޑައިގެންފިއެވެ.

Ads by Asuru

އޭނާ މިފަދައިން ވިދާޅުވެ، ރައީސް ނަޝީދުގެ ކިބައިން މި އިލްތިމާސް ކުރެއްވީ ރާއްޖެ ބަނގުރޫޓުވާން އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ ކަމަށް ބެލެވެއެވެ.

ރައީސް ނަޝީދު ޓެގް ކުރައްވައި މަވޯޓާ ވިދާޅުވީ ލަންކާ ފަދަ ގައުމުތަކަށް އެހީތެރިވެވަޑައިގަންނަވާ ކަަމަށް ރައީސް ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދަވާއިރު، ރާއްޖެއަށްވެސް މިލިއަނުން، ބިލިއަނުން އެހީ ވެދެއްވަންވީ ކަމުގައެވެ.

ލަންކާއަށް ބައިނަލްއަގްވާމީ އެހީ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވަނީ ނަޝީދަށް ދެއްވަވައިފައެވެ. އެއީ ނަޝީދު އެގޮތަށް ހުށަހެޅުއްވުމުންނެވެ.