އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރަން ނިންމައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

Ads by Asuru

މި ބިލު ތަސްދީކުރެއްވުމާ ގުޅިގެން މިއަދު ވަނީ ސަރުކާރުގެ ގެޒެޓްގައި ވެސް ޝާއިއުކޮށްފައެވެ.

މިއާއެކުގައި އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ގެންނަން ނިންމި ބަދަލާ އެކީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް، އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުވާނެއެވެ.

ސަރުކާން ބުނެފައިވާ ގޮތުގައި ޓެކްހުގެ ގާނޫނަށް ގެނައި މި އިސްލާހު މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމެވެ.

މި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 31 ގައެވެ.

ޓެކްސް ބޮޑުކުރާ ބިލް ތަސްދީގުކޮށްފައި ވަނީ އެކަމާ ދެކޮޅަށް ސަރުކާރު ހިންގާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އިދިކޮޅި މެމްބަރުން ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ.