ދުނމިހާރު ފަށައިގެން ކުރިއަށްދާ ވޯލްޑްކަޕް ވެގެންދާނީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕަށް ކަމަށް އާޖެންޓީނާގެ މަޝްހޫރު ތަރި ލިއޮނަލް މެސީ ވަނީ ބުނެފައެވެ. މިއީ ދުނިޔޭގެ ތަށި އުފުލައިލުމަށް ކުޅަދާނަ ކުޅުންތެރިޔާއަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވުމުން، މުބާރާތް ވަަރަށް ހާއްސަ ކަަމަށްވެސް މެސީ ބުނެެއެވެ.

Ads by Asuru

އުމުރުން 35 އަހަރުގެ މެސީ އަކީ 2006 ވަނަ އަހަރުގެ ޖަރުމަނުން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްގައި ވެސް އާޖެންޓީނާ އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ވޯލްޑް ކަޕްފައިނަލަށް އާޖެންޓީނާ ދަތުރުކުރި އިރު، ޖަރުމަނު އަތުން 1-0 އިން އާޖެންޓީނާ ބަލިވި ނަމަވެސް، މުބާރާތުގައި ހޯދި ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ މެސީއެވެ.

”އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެން މި ހުރީ ޕާސަނަލީ އަދި ޖިސްމާނީ ގޮތުން ވެސް ވަރަށް ރަނގަޅު ފޯމެއްގައި. އެއްވެސް މައްސަލައެއް ނެތް.“ މެސީގެ ކަކުލަށް ވި އަނިޔާގެ ސަބަބުން އޭނާއަށް ނުކުޅެވިދާނެ ކަމަށް ބުނެ ފަތުރަމުން އައި ޚަބަރުތަކާ ގުޅޭގޮތުން މެސީ ބުނީ މިހެންނެވެ.

މިފަހަރުގެ މުބާރާތް، ފުރަތަމަ ފަހަރަށް އަހަރުގެ ފަހުކޮޅު ބާއްވާއިރު، މުބާރާތަށް ތަފާތު ގޮތަކަށް ތައްޔާރު ނުވާ ކަމަށް މެސީ ބުނެއެވެ.