މަސްތުވާތަކެއްޗާ އެކު ފުލުހުންނަށް ފިލަން އުޅުނު މީހަކު އަތުލައިގަނެ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި މި މަހުގެ 10 ގައި ހައްޔަރުކުރީ ލ. އިސްދޫ، ހުސައިން އަލީ 34 އެވެ.
ފުލުހުން ބުނީ ކަލައިދޫ ބަނދަރާ ގާތްކުރި ޑިންގީއަކުން އޭނަ ފޭބިއިރު، ފުލުހުން ފެނުމުން އަމަލުތައް ހުރި ގޮތުން، ހުސައިން ގާތު މަޑުކުރަން ބުނުމުން ދުވެ ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އަދި އޭނާ އަތުލައި ގަނެ، ބަަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 120.28 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނަގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

