ވިލިމާލެ ހޮސްޕިޓަލުގެ އިރުމަތީ ފަރާތުގައި އޮންނަ ހުސް ބިމުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާތީ އެތަން ރޫޅާ ލުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

Ads by Asuru

ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ ވިދާޅުވީ ތަން ރޫޅާލުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން، ސިޓީ ކައުންސިލުން އެންގި އެންގުމުގައި ވަނީ، ހޮސްޕިޓަލުގެ އިރުމަތީ ފަރާތުގައި ކޮށްފައިވާ މަސައްކަތާއި، ބަހައްޓާފައިވާ ތަކެތި، މިއަދުން ފެށިގެން 48 ގަޑިއިރު ތެރޭގައި ނަގާ ސާފު ކުރަން އަންގާ ކަމަށެވެ.

“ބިމުގައި ދޫކޮށްލާފައިވާ ތަކެއްޗަކީ ބޭނުންނެތިގެން ކުނީގެ ގޮތުގައި ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލާ ކުނި މެނޭޖު ކުރުމުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ނައްތާލެވޭނެ ކަމުގައި ދެންނެވީމެވެ.“

ކައުންސިލުން ބުނީ، މިގޮތަށް ނަގާ ތަކެއްޗަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށެވެ.