ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ހޯމް މިނިސްޓްރީގެ ނައިބުގެ މަޤާމަށް އަޝްރަފް ޢަލީ މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

Ads by Asuru

އަޝްރަފް ޢަލީ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗަރ ހާޞިލްކުރައްވާފައެވެ.

މި މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް ޢަލީ ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗަރގެ ޑީންގެ މަޤާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަޤާމާއި، ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަޤާމު ފަދަ މަޤާމުތައް ފުރުއްވާފައެވެ.

މީގެ އިތުރުން އަޝްރަފް ޢަލީއަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވާފައެވެ.