ޓެކްސީ ދުއްވާ މީހުން އެއްގަމު އުޅަނދުގެ ގާނޫނުތަކާއި ގަވައިދުތަކަށް އަހުލުވެރި ކުރުވުމަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

Ads by Asuru

ރޯޑް ފުލުހުން ކުރިއަށް ގެންދިޔަ މި ދެ ޕްރޮގްރާމަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނިކުންނަ ފަރާތްތަކާއި މިހާރުވެސް ޓެކްސީގެ ހިދުމަތް ދެމުންގެންދާ ފަރާތްތައްވެސް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގާރުމުގައި އެކްސިޑެންޓްތަކުގަ އާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލު ކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި އެފަދަ ހާލަތެއްގައި ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި ޓެކްސީކުރުމުގެ ގަވައިދާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ.

ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމުގައި ޖުމުލަ 145 މީހުން ބައިވެރިވެ 143 މީހުން ތަމްރީން ޕްރޮގްރާމްގައި ބައިވެރިވިއެވެ.