އެހެން މީހުންގެ އުނި ސިފަތައް ހޯދައި ބެލުމުގެ ބަދަލުގައި އެންމެ ފުރަތަމަ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ އުނި ސިފަތައް ބަލައި، ހޯދައި، އެ ސިފަތައް ރަނގަޅު ކުރުމަށް އިސްކަން ދިނުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

Ads by Asuru

”އަމިއްލަ ނަފުސު އިސްލާހު ކުރަން އިސްކަންދޭށެވެ“ މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ އިންސާނާގެ ކަރާމާތައް އުނިކަން ލިިބިދާނެ ކަންކަމުން އޭނާގެ ނަފްސު ސަލާމަތްކޮށް، ރައްކާތެރިކުރުމަށް އިސްލާމްދީނުގައި ބާރު އަޅާފައިވާ ކަމަށެވެ.

އަދި ތިމާގެ މުސްލިމް އަޚާގެ ނަފްސުގެ ކަރާމާތާއި އިއްޒަތް ނަގައިނުލުމަށް ދީނުގައި ބާރު އަޅާ ކަމަށާއި އެހެން މީހުން ކުށްތަކާއި އައިބުތަކާއި އުނި ސިފަތައް ހޯދައި ކަޝްފު ކުރުން މަނާ ކުރައްވާފައިވާކަމަށެވެ.

އެގޮތަށް ދީނުގައި ބުނެފައިވަނީ އެއީ އިންސާނާގެ ދުނިޔެއާއި އާޚިރަތް ފަސާދަ ކުރާ ބަލިމަޑުކަމަށްވާތީ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.