މިދިޔަ ހަފުތާގައި އެމްއެންޑީއެފް ކޯސްޓުގާޑުން ބަލިމީހުން އުފުލުމަށް 50 ދަތުރުކޮށްފިއެވެ.

Advertisement
Advertise with us

އެމްއެންޑީއެފްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި ދަތުރުތައް ކުރީ މިމަހުގެ 19 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކޯސްޓްގާޑުގެ އުޅަނދުފަހަރުގައެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި ކޯސްޓްގާޑް ސްކޮޑްރަން އެކަކުން ވަނީ ބަލިމީހުން އުފުލުމުގެ 29 ދަތުރެއް ކޮށްފައެވެ. އަދި ސްކޮޑްރަން ދެއަކުން ހަތް ދަތުރެއް ކޮށްފައިވާއިރު، ސްކޮޑްރަން ތިނަކުން ވަނީ ނުވަ ދަތުރެއް ކޮށްފައެވެ.

މީގެ އިތުރުން ސްކޮޑްރަން ހަތަރަކުން ފަސް ދަތުރެއް ކޮށްފައިވާ އިރު، ކޯސްޓްގާޑުގެ ސީއެންބިއުލާންސުން އެ މުއްދަތުގައި އެންމެ ދަތުރެއް ވެސް ކޮށްފައެއް ނުވެއެވެ.

މިދިޔަ އޮކްޓޫބަރު މަހު ކޯސްޓްގާޑުން ވަނީ ބަލިމީހުން އުފުލުމަށް ގިނަ ދަތުރުތަކެއް ކޮށްފައެވެ. އެގޮތުން މިދިޔަ މަހު ޖުމްލަ 250 އަށްވުރެ ގިނަ ދަތުރު ކޮށްފައިވެއެވެ.