ރ. ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފިއެވެ.

Ads by Asuru

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުން އިއްޔެ މިގޮތަށް ނިންމި ނަމަވެސް އެ އޮތޯރިޓީން މިމައްސަލައިގައި އަދި ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ.

ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރީ ކައުންސިލަރުންނާއި ދުވާފަރު ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.

މިހިޔާނާތް ފާހަގަކުރެވުނީ ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓަކުންނެވެ. މިމައްސަލައިގެ ތަހުގީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ މައްސަލަ ވެސް ފޮނުވާފައެވެ.

ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން ތަހުގީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު މި މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް އުސޫލުތަކާއި ހިލާފަށް ހިންގާފައިވާކަން ފާހަގަކުރެވުނު ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.