ފީފާ ވޯލްޑްކަޕް ގަތަރު 2022 އާޖެންޓީނާއިން ކާމިޔާބު ކޮށްފިއެވެ.

Ads by Asuru

އާޖެންޓީނާއަށް ދުނިޔޭގެ ތަށި ކާމިޔާބު ކުރެވިފައި މިވަނީ ދިގު 36 އަހަރު ފަހުންނެވެ.

މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދީ ޕެނަލްޓީގައި ފްރާންސް 4-2 އިން ބަލިކުރުމަށްފަހު އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 3-3 އިން އެއްވަރުވެފައެވެ.

މިއީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާ އިން ހޯދި ފުރަތަމަ ފަހަރެވެ. މިއީ އާޖެންޓީނާ އިން ހޯދި ތިންވަނަ ވޯލްޑް ކަޕެވެ. އަދި މިއީ އާޖެންޓީނާގެ ކެޕްޓަން، އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، ލިއޮނަލް މެސީ ހޯދި ފުރަތަމަ ވޯލްޑް ކަޕްކަން ވެސް ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ލިބުނީ މެސީއަށެވެ. މިއީ މެސީގެ އެންމެ ފަހު ވޯލްޑްކަޕް ކަމަށް ވުމާއެކު، އޭނާ ހުރީ ދުނިޔޭގެ ތަށި އުުފުލައިލުމުގެ ވަރުގަދަ އަޒުމްގައެވެ.