ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީން މިރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ދޫކޮށްލައިފިއެވެ.

Ads by Asuru

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ޕީޕީއެމް-ޕީއެންސީން މިރޭ ބޭއްވި އެއްވުމުގައިވެސް ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ. އެއްވުމުގެ ބައިވެރިން ގޮވާލީ ރައީސް ޔާމީނަށް އިއްވި ”ހަރާމް“ ހުކުމް ބާތިލު ކުރުމަށެވެ.

އިދިކޮޅުން ބުނީ މި މުޒާހަރާގެ ތެރެއިން 21 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވާ އިރު އޭނާ ފަހުން ވަނީ ދޫކޮށްލާފައެވެ.

ރައީީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްޔެ އިއްވީ ވ. އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކުރި ހުކުމާ ގުޅިގެންނެވެ.