ދެ ދޯންޏެއް ފަރަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Ads by Asuru

އެމްއެންޑީއެފުން ބުނިގޮތުގައި މީގެތެރެއިން އެއް ހާދިސާ ހިނގާފައިވަަނީ ތ. ގާދިއްފުށި ކައިރިން ދޯންޏެއް ފަރަކަށް އަރައިގެން ކަމަށެވެ. ފަރަށް އަރާފައިވަނީ ”އުފާ“ ނަމަކަށް ކިޔާ ދޯންޏެކެވެ.

އެއީ 16 މީހުންނާއެކު މަސްވެރި ކަމަށް ނިކުމެ އުޅުނު ދޯންނެކެވެ. އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ދެވަނަ ހާދިސާ އަކީ މ.މުއްޔާއި މ.ކޮޅުފުށްޓާ ދެމެދުގައި ދޯންޏެއް ފަރަށް އެރި ހާދިސާއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރަމުންދިޔަ ”މާވަހަރު ސްޓާ“ ނަމަކަށް ކިޔާ ދޯންޏެއް މ. މުއްޔާއި މ. ކޮޅުފުށްޓާ ދެމެދުން ފަރަކަށް އަރާފައިވާ ކަމަށާއި، އެ ދޯނި ފުން ކުރަންވެސް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ 8 މީހުން ތިބި ދޯންޏެކެވެ.