ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ކުފޫ ހަަމަނުވާކަން އެ ޕާޓީގެ ގިނަ މެމްބަރުންނަށް މިހާރު ވިސްނޭ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ވިދާޅުވެެއްޖެއެވެ.

Ads by Asuru

އިޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ނަޝީދު ވެރިކަމަށް ކުފޫ ހަމަނުވާ ވާހަކަ އެބޭފުޅުން މީގެ ކުރިން ދެއްކެވުމުން، އެ ވާހަކަ ޤަބޫލު ނުކުރި އެތައް ބަޔަކު، މިހާރު އެ ވާހަކަ ޤަބޫލު ކުރާ ކަމަށެވެ.

އަދި މިއީ ހެޔޮ ފާލެއް ކަމުގައިވެސް އިޔާޒު ވިދާޅުވެފައިވެއެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށިފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ރައީސް ނަޝީދުގެ ފެކްޝަނުގެ ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައްވެސް ދަނީ ވަރުގަދަ ވަމުންނެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން، ސަލްޓަން ޕާކުގައި ބޭއްވި ހަރަކާތުގައި ރައީސް ޞާލިޙު އެއްވެސް ކަމަކާ ”ރިއެކްޓް ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވަނީ ރައްދު ދެއްވައިފައެވެ.

ރައީސް ޞާލިޙުގެ ކެމްޕެއިން ޓީމުން ރޭ ބޭއްވި ޖަލްސާގައި ހުސައިން ވިދާޅުވީ، ރައީސް ރިއެކްޓް ނުކުރައްވާ ކަމަށް ހީވިޔަސް، އެމަނިކުފާނު ސަރުކާރު ހިންގަވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.