އިންޑިއާގައި، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު، އޭނާ ރޭޕް ކޮށްލި ކަމަށް ތުހުމަތު ކުރާ ފިިރިހެން ކުއްޖާގެ މަންމައަށް ބަޑިން ހަމަލާ ދީފިއެވެ.

Ads by Asuru

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިންޑިއާގެ ދިއްލީގައި، މި އަންހެން ކުއްޖާ މިކަމެއް ކޮށްފައި މިވަނީ، 2021 ވަނަ އަހަރުގެ ތެރޭގައި، އޭނާއާ ދާދި އެއް އުމުރެއްގެ ފިރިހެން ކުއްޖަކު، އޭނާ ރޭޕް ކުރުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އަންހެން ކުއްޖާގެ ފަރާތުން ހަމަލާ އަމާޒުވި އަންހެން މީހާ އަކީ އުމުރުން 50 އަހަރުގެ މީހެކެެވެ. ހަމަލާ ދިންއިރު، އޭނާ އިނީ، އޭނާ ހިންގަމުން އައި ފިހާރައިގައެވެ.  މި މައްސަލައިގައި، ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާ، ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.