ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވެވަޑައިގަންނަވަނީ ރާއްޖެ ”ސެކިއުލަރ“ ގައުމަކަށް ހަދަން ކަމަށާއި  އެ ފުރުސަތު ނުދެއްވާނެ ކަމަށް ދީނީ އަދާލަތު ޕާޓީ އަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދ އިޔާޒް ވިދާޅުވެއްޖެއެވެ.

Ads by Asuru
ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރެވޭ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގެ ރައްދުގައި އިޔާޒް ވިދާޅުވީ ރާއްޖެ އަކީ ގާނޫނީ ގޮތުން 100 ޕަސެންޓް އިސްލާމީ ގައުމެއް ކަމަށެވެ.

”މި ގައުމުގެ ނަމަކީ ދިވެހި ރާއްޖެ މި ގައުމުގެ ދީނަކީ އިސްލާމްދީން. ވީމާ ނަޝީދު ބޭނުންވާ ފަދަ ސެކިއުލަރ ޤައުމަކަށް އިންޝާالله މިތަނެއް ނުހެދޭނެ،“ އޭނާ ވިދާޅުވިއެވެ.

”الله ގެ ރަޙްމަތާ އެކު އެ ފުރުޞަތު ވެސް ލިބަޔަކަ ނުދޭނަން “ރުޅި އައިސްގެން މަރުވޭ.“

ހަސަން ކުރުސީ ކުރި ޓްވީޓެއްގައި އިޔާޒާއި ޝައިހް އަލީ ޒައިދު ޓެގް ކުރައްވައި ބުނެފައި އޮތީ މިއީ އަފްގާނިސްތާނެއް ނޫން ކަމަށާއި މިއީ ޒަމާނީ މުޖުތަމައަކަށް ބަދަލުވަމުންދާ ދިވެހި ރާއްޖެއެއް ކަމަށެވެ.

”ތި ދެ ބޭފުޅުން ބޭނުންވާހާ ގޮތަކަށް މީހުންނެއް ނޫޅޭނެ. ވަހުޝީކަމާ އެކީގައި ތާކިހާ އަޅާއިގެން ޓުއީޓް ކޮށްލަކޮށްލާ ތިބެން ޖެހޭނީ.“ ހަސަން ކުރުސީ ވިދާޅުވިއެވެ.