އައްޑޫ ސިޓީގައި ކާރެއްގެ ތެރޭގައި ޑްރައިވަރަކު ކާރުން ދަތުރުކުރި އަންހެނަކަށް ޖިންސީ ގުނަވަން ދައްކައި ފުރައްސާރަކުރި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު އެ މައްސަލަ ހުށަހެޅުމާ ގުޅިގެން 44 އަހަރުގެ މީހަކު ކޯޓް އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނާތީ އިތުރު އެެއްވެސް ތަގުސީލެއް ނުދެއެވެ.

ހިތަދޫގެ ޑްރައިވަރަކު ޖިންސީ ގުނަވަން ދައްކައި، ފުރައްސާކުރި މައްސަލަ ފުލުހުންނ ބަލަން ފެށިއިރު، މި މަންޒަރު ސޯޝަލް މީޑިއާގައިވެސް ދައުރުވެފައިވެއެވެ.