އުމުރުން 16 އަހަރުގެ އަންހެން ކުއްޖަަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Asuru

މީޑިއާތަކަށް މިއަދު ހެނދުނު މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހެޅީ، ރޭގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން، އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަންވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއްވައެވެ. އަދި މި މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.