އައްޑޫ ސިޓީ ފޭދޫއިން 1،500 އަކަފޫޓުގެ 300 ގޯތި ދޫކުރާ ކަން އެ ސިޓީ ކައުންސިލުން އިއުލާން ކުރީ މި ދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

Ads by Asuru

އެގޮތުން، ފޭދޫއިން ދޫކުރާ 300 ގޯތީގެ ތެރެއިން 90 ޕަސެންޓް، 270 ގޯތި ފޭދޫގެ ރައްޔިތުންނަށް ދިނުމަށް އިއުލާން ކޮށްފައިވާ އިރު، 30 ގޯތި ދޫކުރަނީ ފޭދޫ ފިޔަވައި އައްޑޫގެ އެހެން ރަށްތަކުގެ ރައްޔިތުންނަށެވެ.

އަދި ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހު (މާދަމާ) އިން 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އެ އަވަށެއްގެ އަވަށު އޮފީހުން ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެގޮތަށް އިއުލާން ގައި ވަނިކޮށް ބައެއް މީޑިއާ ތަކުން ފޭދޫ އިން ގޯތި ދޫކުރުން ކެންސަލް ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.