އައްޑޫ މަރަދޫފޭދޫ ހިމެނޭ ގޮތަށް ޖުމްލަ ހަތަރު ރަށެއްގައި ފްލޯޓިން ސުވިމިން ޕްލެޓްފޯމް ގާއިމުކުރަން ހަވާލުކޮށްފިއެވެ.

Ads by Asuru

މި މަސައްކަތް ޔޫތު މިނިސްޓްރީން ހަވާލުކުރީ ސުވިމިން އެސޯސިއޭޝަނާއެވެ. ޔޫތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެސޯސިއޭޝަނާ ހަވާލުކުރީ މަރަފޭދު އާއި ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫގެ އިތުރުން އާއި ގއ. ވިލިގިލީގެ ސުވިމިން ޕްލެޓްފޯމެވެ.

މި މަޝްރޫޢުގެ ދަށުން ހޯރަފުއްޓާއި ހަނިމާދޫ ސުވިމިން ޕްލެޓްފޯމް ގާއިމުކުރުމަށް ހަވާލުކުރީ 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ. ވިލިނގިލީ މަޝްރޫއު 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޙަވާލުކުރި އިރު މަރަދޫފޭދޫ މަޝްރޫއު ޙަވާލުކުރީ 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ.

ސްވިމިން އެސޯސިއޭޝަނާ މަސައްކަތް ހަވާލުކުރީ މަސައްކަތުގެ ފައިސާ އެސޯސިއޭޝަނަށް ލިބޭ ދުވަހުން ފެށިގެން 75 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.