އެން އެންޑް އެސް އައިޑިއާސް ކަލެކްޝަންގެ ފޭސްބުކް ޕޭޖުން ފެންނަނީ ރީތި ބެޑިންސެޓްތަކެކެވެ. މިއީ ހަމަ މުޅިންވެސް ކަސްޓަމަރުން ބޭނުންވާ ގޮތަށް، ބޭނުންވާ އަދަދަށް ފަހައިދޭ ތަކެއްޗެެވެ.

Ads by Asuru

ރޯދަމަހަށް ގޭގެ ގިނަ ސާމާނު އާ ކުރާއިރު، ބެޑިންސެޓް އާ ކޮށްލަން މިއީ ރަނގަޅު ފުރުސަތެއް ނޫންހެއްޔެވެ؟ އެން އެންޑް އެސް އައިޑިއާސް ކަލެކްޝަނުން، އެމީހުންގެ ފޮތީގައި، ކަސްޓަމަރު ދައްކާ ފޮއްޗަކުން، ބުނި ގޮތަކަށް ބެޑްޝީޓް ފަހައިދޭނެއެވެ. މި ބެޑްޝީޓްތައް ފަހާފައިވާ ފޮއްޗަކީ 100 ޕަސެންޓް ކޮޓޮންއެވެ.

 

އެން އެންޑް އެސް އައިޑިއާސް ކަލެކްޝަންގެ ބެޑިން ސެޓެއް–

ބެޑްޝީޓްތައް ފަހައިފައި ހުންނަ ފޮތި ގެންނަނީ ސްރީލަންކާއިންނެވެ. ކަސްޓަމަރުން ބޭނުންވާ ޑިޒައިންގެ ފޮތިތައް އެގައުމުން ގެނެސްގެން ފަހާއިރު، ވިއްސަކަށް ދުވަހުގެ ތެރޭގައިވެސް މަސައްކަތް މުޅިން ނިންމާދީފައި އެބަހުއްޓެވެ. އެކި ކަަސްޓަމަރުން ބޭނުންވަނީ އެކި ގޮތަށް ބެޑިންސެޓު ނިންމުމަށް ކަަމަށްވާއިރު، އަގުތައް ކަނޑައެޅިފައި ހުންނަނީ ކަސްޓަމަރު ބޭނުންވާ އަދަދާއި، ގޮދަޑީގެ ބޮޑުމިން ފަދަ ކަންކަމަށް ބެލުމަށްފަހުއެވެ.

އެން އެންޑް އެސް އައިޑިއާސް ކަލެކްޝަންގެ ބެޑިން ސެޓެއް–

އެއްވެސް އުފެއްދުމެއް ކާމިޔާބުކަން ކަނޑައަޅާނީ ކަސްޓަމަރުންނެެވެ. އެންޑް އެސް އައިޑިއާސް ކަލެކްޝަނުގެ ބެޑްޝީޓްތައް ކަސްޓަމަރުންނަށް ވަރަށް ކަމުދެއެވެ. އެތަނުން ބުނީ، ވިއްކާ ބެޑިންސެޓު ކޮލިޓީވާނެ ކަަމަށާއި، އެއްފަހަރު އެތަނުން ބެޑިން ސެޓް ގަންނަ ކަސްޓަމަރުން، ދެވަނަ ފަހަރަށްވެސް ގަންނަ ކަމަށެވެ.

އެން އެންޑް އެސް އައިޑިއާސް ކަލެކްޝަންގެ ބެޑިން ސެޓެއް–

”ދެ އަހަރު ތިން އަހަރު ކުރިން އޯޑަރު ދިން މީހުން، މިހާރުވެސް އަހާ، ކުރީގެ ފޮތިންހޭ ތި ފަހަނީ؟ ކުރީގެ ފޮތި ހަމަ ވަރަށް ރަނގަޅޭ. ކުލައެއްވެސް ނުވެއްޓެއޭ.“ އެން އެންޑް އެސް އައިޑިއާސް ކަލެކްޝަނުން ބުންޏެވެ.