އައްޑޫގައި ހިންގާ މަޝްރޫތައް ބަލަހައްޓަވައި އެ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވެވަޑައިގެންނެވުމަކީ ރާއްޖޭގެ މުސްތަގްބަލަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރު އަސްލަމް އައްޑުއަށް ބަދަލުވެވަޑައިގަންނަވަން އުޅުއްވާތީ، ރައީސް ނަޝީދު ވަނީ އަސްލަމަށް ”އަތޮޅުވެރިޔާ“އޭ ވިދާޅުވެ، ފާޑު ކިޔުއްވައިފައެވެ. ރައީސް ނަޝީދު އަސްލަމަށް ފާޑު ވިދާޅުވީ، އެ މަނިކުފާނު ނުރަސްމީ ޓްވިޓަރ އެކައުންޓް، ”އަނެއްދިވެހިރާއްޖެ“ އިންނެވެ.

އަސްލަމް ދިފާޢު ކުރައްވައި ރޮޒައިނާ ވިދާޅުވީ މިއީ ރަނގަޅު މިސާލެއް ކަމަށާއި، ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

”މިކަން މުޑުދާރު ކަމަކަށް ހަދަން މި އުޅެނީ މާލެ ނޫންތާކު މިނިސްޓްރީއެއް ހިންގާތަން ދެކެން ބޭނުން ނުވާތީ، އެތަން ފެނިދާނެތީ ބިރުންތޯ؟“ ރޮޒައިނާ ސުވާލު ކުރެއްވިއެވެ.

https://twitter.com/Roxeyna/status/1623601400927379456

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަސްލަމް ވިދާޅުވީ އޭނާ އައްޑުއަށް ބަދަލުވެ ވަޑައިގަންނަވާނީ މި އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. އަނބުރާ މާލެ ވަޑައިގަންނަވާނެ ތާރީހެއް ވިދާޅެއް ނުވެއެވެ.