24 ބިޔަރު ދަޅާއެކު ޅ. ހިންނަވަރުން މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ހިންނަވަރުގައި މަސައްކަތްކުރާ ފުލުހުން މި މަހު 20 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އެ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭނާ ބަލައިފާސްކުރި އިރު 24 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.