ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރޭ އައްޑޫ ސިޓީ އަށް ވަޑައިގަންނަވައިފިއެވެ.
އަސްލަމް މިރޭ އައްޑޫ އަށް ވަޑައިގަންނަވައިފައި ވަނީ އައްޑޫގައި ޕްލޭނިންގެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މަސައްކަތްތައް ދާ ގޮތް ބައްލަވާލެއްވުމަށެވެ.
އަސްލަމް އައްޑޫގައި ހުންނަވާނީ ކިހާ ދުވަހަކަށް ކަމެއް އެނގިފައެއް ނުވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވެވަޑައިގަންނަވަނީ އައްޑޫގެ ހެދުމުގެ މަޝްރޫއުގެ ތެރެއިން ދިމާވާ ކަންކަން ބައްލަވައި ހައްލު ކުރެއްވުމަށްޓަކައެވެ.