ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބެލި ސުލޫކީ މައްސަލަތަކެއް ސާބިތު ނުވާކަމަށް ނިންމައިފިއެވެ.

އެގޮތުން ޖޭއެސްސީން ބުނެފައިވަނީ ތިން ފަނޑިޔާރަކާ ގުޅޭގޮތުން ތަހުގީގު ކުރި ހަތަރު ސުލޫކީ މައްސަލައަށް ގޮތެއް ނިންމާފައިވާ ކަމަށެވެ.

ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސައިން ޝަހީދުގެ ސުލޫކީ ދެމައްސަލައާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ސަފްއަތު ހަބީބުގެ ސުލޫކީ މައްސަލަ އަދި ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަހީދުގެއެވެ.

އެގޮތުން އެ ހަތަރު ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް 2023 ފެބްރުއަރީ 12 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.