ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވީ ”އެނދި“ ޓިކެޓެއް ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރޭ ރައީސަށް އަރުވާފައިވާއިރު ޓިކެޓްގެ ގޮތުގައި އަރުވާފައިވަނީ ކުރީ ޒަމާނުގެ ފަތްކޮޅެއް ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

ރައީސަށް ޓިކެޓް ހަވާލުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއެވެ.

ރައީސަށް އެރުވި ޓިކެޓަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ބޮންޑެ ވަނީ ރައީސަށް ރޭ އަރުވާފައިވަނީ އެނދި ޓިކެޓެއް ކަމަށް ވިދާޅުވެފައެވެ.