”މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް“ ހަފްލާ އަންނަ މަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.

Ads by Asuru

މިއީ މިދިޔަ އަހަރުގައި ސަރުކާރުން ދޭން ފެށި އެވޯޑެކެވެ. މި އެވޯޑު ހަފްލާ އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.

މިއީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. އެގޮތުން ކުޅުންތެރިންނާއި ކޯޗުންނާއި ކުޅިވަރުގެ އޮފިޝަލުންނަށް ވެސް އެވޯޑް ދޭނެ އެވެ. އަދި ކުޅިވަރުން ރަން ވަނަތައް ހޯދާ ކުޅުންތެރިންނަށް ވެސް އެވޯޑް ދޭނެއެވެ.

މިދިޔަ އަހަރު އެވޯޑު ދީފައިވަނީ 2019، 2020 އަދި 2021 ވަނަ އަހަރު އެއްކޮށްލައިގެން ބޭއްވި މުބާރާތްތަކާއި ކާމިޔާބީ އަށް ބެލުމަށްފަހުއެވެ.

އެގޮތުން މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ލިބިފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންވެރިޔާ ހަސަން ސާއިދު އާއި ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަށެވެ.