ރާއްޖޭގެ ސްޕާތައް ހިންގާ ބަލަހެއްޓުމާއި އިޝްތިހާރުކުރާނެ ގޮތް ކަނޑައަޅާ ޤަވާއިދެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މި ޤަވާއިދު ގެޒެޓްކޮށްފައެވެ.

Ads by Asuru

އިކޮނޮމިކް މިނިސްޓްރީގެ ޤަވާއިދުގައި ބަޔާން ކޮށްފައިވާގޮތުން، ރާއްޖޭގައި ހިންގާ ސްޕާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، އެސްޕާއެއްގެ ފޮޓޯ، ވީޑީއޯ އަދި އޯޑިއޯ އަމިއްލަ ގޮތުން އާންމުކުރުމަކީ މަނާކަމެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޤާވާއިދުގައި ވަނީ ސަޕާތައް އޝްތިހާރުކުރާނެ ގޮތުގެ މިންގަނޑުވެސް ބަޔާންކޮށްފައެވެ. އެގޮތުން، ސްޕާތައް އިޝްތިހާރުކުރުމުގައި މުޖުތަމަޢުގެ އިޖުތިމާޢީ އަޚްލާގީ މިންގަނޑުތަކަށް ފެތޭގޮތައް އިޝްތިހާރުކުރުމަށް ބަޔާންކޮށްފައިވެއެވެ. އަދި މި އިޝްތިހާރުތަކުގައި އެއްވެސް މީހެއް ނުހިމެނުމަށް އިކޮނޮމިކް މިނިސްޓްރީގެ ޤަވާިއދުގައި ވަނީ މަޖުބޫރުކޮށްފައެވެ.

ސްޕާތައް އިޝްތިހާރުކުރުމަށް ޤަވާއިދެއް އެކުލަވާލުމުގެ އިތުރުން، ސްޕާތައް ރަޖިސްޓްރީކުރުމާއި، ހިންގުން އަދި އިންސްޕެކްޓްކުރުމަށްވެސް ވަނީ އުސޫލުތަކެއް އެކުލަވާލާފައެވެ. އެގޮތުން، މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ސްޕާގެ ވިޔަފާރިކުރެވޭނީ އިކޮނޮމިކް މިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ ދަށުން ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހުކަމަށް އެމިނިސްޓްރީން ބުނެއެވެ.

އިކޮމިކް ނިސްޓްރީން ވަނީ މިހާރު ރާއްޖޭގައި ހިންގާ ސްޕާތައް ރަޖިސްޓްރީކުރަން 90 ދުވަހުގެ މުއްދަތެއް ދީފައެވެ.