މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރެއްގެ މެންބަރުކަމުގެ ދައުރުހަމަވާތީ، އެ މަގާމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅެއްގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

Ads by Asuru

ބްރޯޑްކޮމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މިހާރު އެކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ އަމްޖަދު ވަޙީދުގެ މެންބަރުކަމުގެ ދައުރު މާރޗް 15އަށް ހަމަވާތީއެވެ. އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ 4 ނަމެއް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

1- އަލްއުސްތާޛް ޝިހާމް މުޙައްމަދު ވަޙީދު، ރސ.5143
2- އަލްއުސްތާޛް ޝާން ޞާލިޙް މުޙައްމަދު، ފިނިވާދީ، ދ.ކުޑަހުވަދޫ
3- ޙުސައިން ޢަމްރު، ވ.ރޯޝަން
40 ޝަފާ ޝަފީގް، ބިއްލޫރިވިލާ. ދ.މީދޫ

މި ހަތަރު ނަން ދިރާސާކުރުމަށް ފޮނުއްވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. ބްރޮޑްކޮމްގެ މެންބަރަކު މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާދެއްވުމުން އެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މަޖިލީހުގެ ކޮމިޓީން މިހާރު ވަނީ ފާސްކޮށް ތަޅުމަށް ފޮނުއްވާފައެވެ.