މީގެ 21 އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ގއ. މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސްގެ ގާތިލު އަބްދުﷲ ޒުހެއިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by Asuru

ޒުހައިރު މަރުވެފައި އޮއްވާ ފެނުނީ ކ. ދިއްފުށީ އުތުރު ފަރާތު އަތިރިމަތީގައި ހުރި ޖޯތްޔެއްގައި އޮއްވަ އެވެ.

ފުލުހުން ބުނީ އޭނާ ހަބަރު ހުސްވެފައި އޮއްވާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު މެދުންދުރު 12:20 ހާއިރުއެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ އަކަށް އުޅުނު އަޒްލީނާ މަރާލީ މާލޭގައި އޭނާ މަސައްކަތް ކުރަމުންދިޔަ އޮފީހުގައި ވަޅިން ހަމަލާދީ މަރާލީ 2001 ވަނަ އަހަރުގެ އޭޕްރީލް 6 ވަނަ ދުވަހުއެވެ.

އަޒްލީނާގެ މަރުގެ ކުށް ސާބިތުވެ ޒުހައިރު އުމުރު ދުވަހަށް ޖަަލަށް ލާން 2002 ވަނަ އަހަރު ހުކުމް ކުރިއެވެ. ނަމަވެސް 2013 ވަނަ އަހަރު ޒުހައިރު ވަނީ މިނިވަންކޮށްފައެވެ.