ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

Ads by Asuru

އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަތީ މިމަހުގެ 20ވަނަ ދުވަހުއެވެ.

ރައީސް ސިންގަޕޫރަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނު ވަނީ މިދިޔަ ފެބްރުއަރީ މަހު ތައިރޮއިޑްގެ ސާޖަރީއެއް އެ ގައުމުން ކުރައްވައިފައެވެ. އޭގެ ފަހުން ވެސް ނުރަސްމީ ދަތުރުފުޅުގައި ސިންގަޕޫރަށް ވަޑައިގެންފައިވެއެވެ.

މިފަހަރުގެ ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހުން ނުދެއްވައެވެ.