ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ ހަމަޖައްސައިފިއެވެ.

Ads by Asuru

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށް މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ދިނުމަށް ޕްލޭނިން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކާއިއެކު 600 އަށް ވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި ބަހައްޓާފައިވަނީ 472 ފޮއްޓެވެ.

މިފަހަރުގެ އިންތިހާބުގައި 30 މީހުން ރަޖިސްޓްރީކުރާ ރިސޯޓްތަކުގައި ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. ރާއްޖެއިން ބޭރުގައި ފޮށިތައް ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރާ ގައުމުތަކުގައެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދު 280،000އިން މަތިވާނެކަމަށް ކަމަށް އީސީން ލަފާކުރެއެވެ.