ވެރިކަމުގެ ބޭނުގައި އެމްޑީޕީ ނުވަތަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ހަދާނެ ޑީލެއް ނެތް ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ނާޒިމް މިހެން ވިދާޅުވީ ”ނާޒިމް ބުނަނީ ކީކޭ؟“ ނަމުގައި ރޭ އެމްއެންޕީ އިން ބޭއްވި ކްލަބް ހައުސް އިވެންޓުގައި ކުރޮ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނާޒިމާ ސަރުކާރާ ގުޅުން އޮންނަ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކިވެ، ވަކި ޕާޓީއެއް ހަދަން މެދުވެރިވީ ވެސް، ޖޭޕީ ސަރުކާރުގެ ކޯލިޝަންގައި އޮތުމުން ސަރުކާރުން ކިތަންމެ ގޯހެއް ހެދިޔަސް، އެއްޗެއް ބުނެވެން ނޯންނާތީ ކަމަށެވެ.

ނާޒިމް އަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ އެއް ކެންޑިޑޭޓެވެ. އޭނާ މީގެ ކުރިން ވަނީ، މި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވައިފައެވެ. ނަމަވެސް ފަހަކަށް އައިސް، އޭނާ ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ި