މާލެސިޓީ ކައުންސިލާއި އިސްލާމިކް ބޭންކް ގުޅިގެން ވިލިމާލޭގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ޤާއިމު ކޮށްފިއެވެ.

Ads by Asuru

ވިލިމާލޭގައި ގާއިމް ކުރި އިސްލާމިކް ބޭންކްގެ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އަދި އިސްލާމިކް ބޭންކްގެ ޗެއާމަން މަޖިދް ރަޙްމާންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލާ ގުޅިގެން އިސްލާމިކްބޭންކްގެ އޭޓީއެމެއް ވިލިމާލޭގައި ހުޅުވިގެންދިއުމަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މަާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންނަށް މިފަދަ އެކިކަންކަން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މޭޔަ މުޢިއްޒު ވަނީ ދެއްވާފައެވެ.

ވިލިމާލޭގައި ގާއިމްކުރި މޯލްޑިވްސް އިސްލާމިކް ބޭންކް ގެ އޭޓީއެމްގެ ބިންގާ އަޅުއްވައިދެއްވީ 2022 ވަނައަހަރުގެ ފެބްރުއަރީ 21 ގައި މާލޭ ސިޓީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒާއި އިސްލާމިކް ބޭންކްގެ ފަރާތުން އަރީފުއްރަޙްމާނެވެ.

މާލެ ސިޓީ ކައުންސިލުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ވިލިމާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.