މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އަށް ކުރިމަތިލާނެ ކަން އިއުލާނުކޮށްފިއެވެ.

Ads by Asuru

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމްގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. އޭނަ ވަނީ ގުރައިދޫ މެމްބަރުކަން 14 އަހަރު ވަންދެން އަދާކުރައްވައިފައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އެޕްރީލް 15 ގައެވެ.

އެމްއެންޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވަން ހުޅުވާލައި ކުރިމަތިލާން ދިން ސުންގަޑިއަކީ މި މަހުގެ 11 ވަނަ ދުވަހެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމް އާއި އެމްޑީޕީ އަދި އެމްއެންޕީން ވާދަކުރެއެވެ.