ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެކުރަން އުޅުނު 9 ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

Ads by Asuru

ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަތީ މި މަހުގެ 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖުތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެ ޕެކޭޖަކީ އިނގިރޭސިވިލާތުން ގެނެސްފައިވާ ޕެކޭޖެއް ކަމަށާއި އެ ޕެކޭޖުން ފެނުނު 520 ގްރާމްގެ މަސްތުވާތަކެތި މެފެޑްރޯން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ އެ އެއްޗެހީގެ މަގުމަތީގެ އަގު 9 ލައްކަ އަށް ވުރެ މައްޗަށް އަރާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެ ޕެކޭޖު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.