މާލޭގެ އިމާރާތަކުން ކުޑަކުއްޖަކު ވެއްޓި މަރުވެއްޖެއެވެ.
ހެންވޭރު ގެއެއްގެ ފަސް ވަނަ ބުރިން ހަތަރު އަހަރުގެ ފިރިހެން ކުއްޖާ ވެއްޓުނީ ރޭ ދަންވަރު 12:00 ޖަހައި ބޮޑުވި ފަހުންނެވެ. އަދި ކުއްޖާ މަރުވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އަދި ކުއްޖާ ވެއްޓުނީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ.
ބޮޑެތި އުސް އިމާރާތްތަކުން ތޮއްޖެހިފައިވާ މާލޭގައި މީގެ ކުރިން ވެސް މިފަދަ ނުކުރައްކާތެރި، ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.