ގޮތްދޫކޮށް، ސަރުކާރުގެ ހަރަދުތައް ވަގުތުން ކުޑަ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސައީދު މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ބޭރުގެ ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ގޮސް، ރާއްޖެ ބަނގުރޫޓު ވެދާނެ ކަމުގެ ބިރު ބޮޑު ކަަމަށް ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް، ޖޭޕީމޯގަންއިން ވަނީ ބުނެފައެވެ.

އެ ބޭންކުން މިހެން ބުނީ ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިކޮނޮމީއަށް ކުރަމުންދާ ނޭދެވޭ އަަސަރުތަކާ ގުޅޭގޮތުން ތައްުޔާރު ކުރި ރިޕޯޓްގައެވެ.

ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ސުކޫކު ވިއްކައިގެން، މިދިޔަ އަަހަރު 192 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާއި، އޭގެތެރެއިން 62 މިލިއަން ޑޮލަރު، އިންޓެރެސްޓާ އެއްކޮށް، އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ދައްކާނެ ކަމަށެވެ.

ކުރީގެ އިގްތިސާދީ ވަޒީރު، ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ހިތުހުރި ވަރަކަށް ފައިސާ ޗާޕުކޮށް، ލޯނުގެ މައްޗަށް ލޯނު ނަގައިގެން، ސަރުކާރު ހިންގުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވެފައެވެ.

”ބޮޑެތިއިމާރާތް، ސްކޫލު މަދަރުސާތައް މިހާރުބެސް އެވަނީ ރަހުނުކޮއްފަ. މުސާރައާއި ތެލާއި ކާޑަށް ލޯނު.ގޮތްދޫކޮށް ސަރުކާރުގެ ޚަރަދުތައް ވަގުތުން ކުޑަ ކުރަންޖެހޭ.“ އޭނާ ވިދާޅުވިއެވެ.