ސާދަ ރަށަކަށް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފިއެވެ.

Ads by Asuru

ބާރަ ރަށަކަށް އިސް މެޖިސްޓްރޭޓުން ހޯދާ އިރު، ދެ ރަށަކަށް ހޯދަނީ މެޖިސްޓްރޭޓުންނެވެ. އިސް މެޖިސްޓްރޭޓުން ހޯދާ ރަށްތަކަކީ ދ. ނޮޅިވަރަމް، ށ. ކޮމަންޑޫ، ނ.ވެލިދޫ، ބ. ދަރަވަންދޫ، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ .ކާށިދޫ، އއ. މާޅޮސް، ވ.ފުލިދޫ، ތ. ހިރިލަންދޫ، ގއ.ދާންދޫ އަދި ގދ. ރަތަފަންދުއެވެ.

މެޖިސްޓްރޭޓުން ހޯދަނީ ދ.ކުޑަހުވަދު އާއި، ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 5އެވެ. އަދި ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.