ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ތި ކެންޑިޑޭޓުންގެ ނަންބަރު އިލެކްޝަން ކޮމިޝަން(އީސީ) އިން ތަރުތީބުކޮށްފިއެވެ.

Ads by Asuru

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ 14 އަހަރު ވަންދެން އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.

ރިޒާ އަވަހާރަވުމާއި ގުޅިގެން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ 15 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.

މި އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު އެކަކަށް ހޮވިފައިވަނީ ޕީޕީއެމްއިން ކުރިމަތިލީ މެންބަރު، ޙުސައިން ރިޒާއެވެ. ހުސައިން ރިޒާއަކީ ދާއިރާގެ ކުރީގެ މެންބަރު އިބްރާޙިމް ރިޒާގެ ކޮއްކޮއެވެ.

ކެންޑިޑޭޓް ނަންބަރު ދޭއް ލިބިފައިވަނީ އެމްޑީޕީން ކުރިމަތިލީ މެންބަރު އިބްރާޙިމް ޝާޒްއަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނަކީ އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފްއެވެ.