ވިލިމާލެއިން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ ވިލިމާލެއިން ގެއްލިގެން ހޯދަމުންދަނީ 13 އަހަރުގެ ކުއްޖެއްކަމަށެވެ. އަދި އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 1:33 ހާއިރުކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ ކުއްޖާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.