ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ޕީޕީއެމުން ފަށައިފިއެވެ.

Ads by Asuru

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

އެ ދާއިރާގެ ގޮނޑި އަށް ބޭފުޅަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ގައެވެ.

މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ އިސް ބޭފުޅުން މިއަދު ވަނީ ގުރައިދޫ ދާއިރާގައި ކެމްޕެއިން ފައްވަޓައިފައެވެ.

ޕީޕީއެމްގެ އިތުރުން ދެން މި އިންތިހާބުގައި ވާދަކުރަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އިބްރާހީމް ޝާޒް އާއި އެމްއެންޕީގެ އަލީ އާރިފްއެވެ.