ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ.

Ads by Asuru

ހުކުރު ދުވަހުގެރޭ 19:30 ހާއިރުން ފެށިގެން ހޯދަމުން ދިއައީ އުމުރުން 13 އަހަރުގެ ޢާއިޝަތު ޒޯޔާ ނަމަކަށް ކިޔާ ކުއްޖެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ކުއްޖާ ފެނުނީ ހުޅުމާލެ އިން ކަމަށެވެ. ކުއްޖާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ވިދާޅުވިއެވެ.

އެކުއްޖާ ހުޅުމާލެއިން ބަޔަކަށް ފެނުންކަމަށް މަޢުލޫމާތު ލިބުންކަމަށް އެކުއްޖާގެ ބައްޕަވެސް އިއްޔެ ވަނީ ބުނެފައެވެ.